ޤައުމަށް އިސްލާޙް ގެނައުމުގެ މަރުޙަލާގައި މިނިވަން ނޫސްވެރިކަމުގެ އުޞޫލުތަކާއި ހަމަތަކަަށް ތަބާވުމަށް އެންމެ ބޮޑަށް އަޑު އުފުލައި ގޮވާލި މީހުންގެ ޢަމަލުތައް މިއަދު ފެންނަމުންދާ މަންޒަރުން ސުވާލު އުފެދެަެވެ. އެމީހުންގެ އެ ގޮވާލުމުގައި ހުރި އިޚްލާސްތެރިކަމާމެދު މިއަދު ޝައްކު އުފެދެއެވެ. އާދެ! އަޅުގަނޑުމެން މި ދެކޮޅު ހަދަނީ ވަކި ބަޔަކާ ނޫނެވެ. ނަމަވެސް އެބައެއްގެ ޢަމަލުތަކާއެވެ. ތިއެންމެހާ ބޭފުޅުންނަށްވެސް އިނގިވަޑައިގަންނަވާނޭ ފަދައިން ދިވެހި އޮބްޒާވަރ އަކީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމުގައި ވަރަށް ކުރީންސުރެ ވަރަށް ބުރަކޮށް ރައްޔިތުން ހޭލުންތެރި ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ އޮންލައިން ނޫހެކެވެ. ނަމަވެސް ވަރަށް ފަހަކުން ޙަޤީގީ މިނިވަން ނޫސްވެރިކަން ކުރާކަމަށް ދަޢުވާކުރާާ ބަޔަކު 'ނިއު ދިވެހި އޮބްޒާވަރ' ގެ ނަމުގައި މުޅިންހެން 'ދިވެހި އޮބްޒާވަރ' ނަކަލު ކޮށްގެން އެތަކެއް ބަޔަކަށް ޙަޤީގަތް އޮޅޭފަދަ ގޮތަކަށް ފިނޑި ޢަމަލެއް ވަނީ ކޮށްފައެވެ.
އަޅުގަނޑުމެން ދެކޭގޮތުގައި މި ޢަމަލަކީ ދިވެހިރާއްޖެއަށް ގެނެވިފައިވާ އިސްލާޙިީ ބަދަލުތަކުގެ ރީތި ނަން ވަކިބަޔަކު ނުޙައްޤުން ހޯދައިގަތުމަށް ވަކިބަޔަކު ކުރާ ވަރަށް ނާތަޙުޒީބީ ޢަމަލެކެވެ. އަޅުގަނޑުމެން މިއަދު ހިތާމަޔާއެކު ފާހަގަކުރަން ޖެހޭ ޙަޤީގަތަކީ އިޚްލާސްތެރިކަމާެކު ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރެއްވި އެތަކެއް ބޭފުޅުންގެ ބުރަ މިންނެތް މަސައްކަތުގެ އަގުވަޒަން ނުކުރެވޭކަމެވެ. މިސާލަކަށް ދަންނަވާނަމަ ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެމްބަރުން ކަމަށްވާ ރީކޯ މޫސާ މަނިކް، ޢަލީ ވަޙީދު އަދި ދިވެހި އޮބްޒާވަރ ގެ އެޑިޓަރ އަޙުމަދު ޝަފީޤް (ސައްޕެ) ފަދަ އެތަކެއް ބޭފުޅުން ހިމެނެއެވެ. ނަމަވެސް ރާއްޖެއަށް އިސްލާޙް ގެނައުމުގެ ރީތި ނަމާއި ޝަރަފް ހޯދުމަށް ދަޢުވާ ކުރަމުން މި ގެންދަނީ ޤާނޫނު އަސާސީގެ ދަށުން ޕާޓީ ނުހެދޭނެކަމަށް މައުމޫނުގެ ރޭވުމާއެކު ރައްޔިތުންނަށް އެކަން އިޢުލާން ކުރެއްވި ޙަސަން ސަޢީދު އާއި އިސްލާޙަށް މަސައްކަތް ކުރައްވާ ޕާޓީތަކުގެ ޖަނާޒާ ބާއްވާނެކަމަށް ވިދާޅުވި ކުރީގެ ފޮރިން މިނިސްޓަރު ޝަހީދު އާއި މައުމޫން ބޭނުންވާގޮތަށް، ރައްޔިތުން ދަރަނިވެރިވާ ގޮތަށް ބަޖެޓް ފާސްކުރި ޤާސިމް އާއި ކޮންމެ އިންތިޚާބަކަށް މާލެ ދުރުވާ، ނާކާމިޔާބު ވުމުން ފިއްލަވާ ވަޑައިގަންނަވާ ޑރ. ވަޙީދު އާއި ކުރީގެ މައުމޫނުގެ އެންމެ ގާތް އެކުވެރިއެއް ކަމަށްވާ ޒަކީ އާއި އަދި މިފަދަ އެތައް ބައެކެވެ.
No comments:
Post a Comment